ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިދުރަތުﷲގެ ހަށިގަނޑު މިރޭ ވަޅުލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗާއި ދިމާލު މޫދުގައި މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދުގެ ހަށިގަނޑު މިރޭގެ އިޝާ ނަމާދަށްފަހު ވަޅުލުމަށް ނިންމައިފިއެވެ.

މިދިޔަ މަހުގެ 23ގައި މަރުވެފައިވާ ސިދުރަތުގެ ކަށު ނަމާދު މިރޭ އިޝާ ނަމާދަށްފަހު ކުރިއަށްދާނީ އާސަހަރާ މިސްކިތުގައެވެ.

ސިދުރަތުގެ ޕޯސްޓްމޯޓެމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލާފައެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާލީ ޓްރެވިންޑުރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށެވެ.

ސިދުރަތުﷲ ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލީ އޭނާގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ނުބެލެވޭތީ ކަމަށް ފުލުހުން ބުނެއެވެ.

ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: