ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮނުޒިޔާރަތް ޕާކު ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީ ކޮށްފައިވާ ޕާކު ހުޅުވައިފިއެވެ.

މިއަދު އެ ޕާކް ހުޅުއްވައިދެއްވީ ކުރީގެ ވަޒީރު އުމަރު ޒާހިރެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި ނާއިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވަޒީރުންނާއި މާލޭ ސިޓީ ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕާކު ހެދުމަށް ސަރުކާރުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ ދިވެހިން ކަމަށާއި އެތަނުގެ މުވައްޒަފުންނަށް ދިވެހިން ނަގާފައިވާ ކަމަށެވެ.

މިދުވަސްވަރަކީ ކޮވިޑް19 ފެތުރޭ ދުވަސްވަރަކަށް ވާތީ އެތަން ހުޅުވި ނަމަވެސް އެތަނުގައި އަމަލުކުރާނީ އެޗްޕީއޭ އިން އަންގާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: