ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްމަސް ދުވަހުގެ ތެރޭގައި ލޮނުޒިޔާރަތް ޕާކަށް ބައިލައްކަ މީހުން ޒިޔާރަތްކޮށްފި

ލޮނުޒިޔާރަތް ޕާކު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްމަސް ދުވަހުގެ ތެރޭގައި ލޮނުޒިޔާރަތް ޕާކަށް ބައިލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން ވަނީ އެ ޕާކަށް ޒިޔާރަތްކުރި 50،000 ވަނަ މީހާ އަށް ހާއްސަ ހަދިޔާއެއް ދީ އެކަން ފާހަގަކޮށްފައެެވެ.

ސިޓީ ކައުންސިލުން ވަނީ ޕާކު ހުޅުވާލިފަހުން އެތަނަށް ވަންނަ މީހުން ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލުތަކަށް އަމަލު ކުރަމުންދާކަން ފާހަގަކޮށްފައެެވެ.

ސިޓީ ކައުންސިލުން ބުނީ، ޕާކުތެރޭގައި ކުނިއަޅަން ވާނީ އެކަމަށް ޚާއްސަކޮށް ބަހައްޓާފައި ހުރި ކުނިއަޅައި ވަށިގަނޑުތަކަށް ކަމަށާއި ޕާކަށް ދާއިރު ފެން އެޅުމަށްޓަކައި ފެން އަޅާ ފުޅި އަމިއްލައަށް ގެންނަންވާނެ ކަމަށެވެ.

ޕާކުތެރެއަށް އެއްވެސް ބާވަތެއްގެ ކާބޯތަކެތި ވައްދައި ކައިބޮއެ ހެދުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: