ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިޔާރު ބޭނުންކޮށްގެން ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ފަށައިފި

ސިފައިންގެ ތަމްރީނުތަކެއްގެ ތެރެއިން. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތިޔާރު ބޭނުންކޮށްގެން ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ޅ. މާފިލާފުށީގައި ފަށައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި އަސްކަރީ ތަމްރީންތައް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށާއި އެގޮތުން މިދުވަސްތަކުގައި ކޮންމެ ދުވަހަކު އިރުއޮއްސި 6:00 އިން މެންދަމު 1:00 އަށް ކުރިއަށްގެންދާ މި ތަމްރީންތަކުގައި ހަތިޔާރު/ ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ތަމްރީންތަކުގައި ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާނީ އޭކޭ ސީރީޒް ރައިފަލް ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާ އެންމެ ދުރުމިނާއި އުސްމިނަކީ 2900 މީޓަރުކަމަށާއި ވައިގެ ސަރަޙައްދުން ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީލެވެލްކަމަށެވެ.

ވައިގެ ސަރަހައްދު ބޭނުންކުރާ މިސްރާބަކީ މާފިލާފުށި ރޭންޖުން ހުޅަނގު ދެކުނަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: