ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ވިސްނުން ތަފާތުވެގެން އަދާލަތު ޕާޓީގެ ޝެއިހުންނަށް އެއްޗެހި ކިޔުމަކީ ހަޑިކަމެއް: ޒައިދު

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ވިސްނުން ތަފާތުވެގެން އަދާލަތު ޕާޓީއަށް ނިސްބަތްޗާ ޝެއިހުންނަށް އެއްޗެހި ކިޔައި ލަދު ހަޔާތަށް ގޮވުމަކީ ހަޑިކަމެއް ކަމަށް އެ ޕާޓީގެ މެމްބަރު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން މި ވިދާޅުވީ އަދާލަތު ޕާޓީއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުއަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދިއުމާ ގުޅިގެންނެވެ. އެގޮތުން ރާއްޖެ ވިއްކާލައިފިޔޭ ކިޔައިގެން އިދިކޮޅުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް އިޔާޒު ވިދާޅުވުމުން އިދިކޮޅުން އަންނަނީ އޭނާ އަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

އިޔާޒު ދިފާއު ކުރައްވައި ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކި މީހުންގެ ވިސްނުން ތަފާތުވާނެ ކަމަށާއި އެއްކަމެއްގައި ވެސް އެކަމެއް ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމާ މެދު ވެސް ހިޔާލު ތަފާތުވެދާނެ ކަމަށެވެ.

“ސިޔާސީ ވިސްނުން ތަފާތުވެގެން އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝެއިހުންނަށް އެއްޗެހި ކިޔުމާއި ލަދު ހަޔާތަށް ގޮވުމަކީ ހަޑިކަމެއް.” ޒައިދު ވިދާޅުވިއެވެ.

އިޔާޒު އިއްޔެ ވިދާޅުވީ ރާއްޖޭގައި ހިނގާ ކަންކަމާއި، ހުރި ކަންބޮޑުވުންތަކާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލް ތަފާތުވެ ކަންބޮޑުވުންވާނަމަ އެކަމަކށް ހައްލު ގެނައުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާކަމަށެވެ. ރައީސްއާއި ފަސޭހައިން ބައްދަލުވާކަމަށް މިސާލު ނަންގަވަމުން އިޔާޒު ވިދާޅުވީ ދާދިފަހުން ދިމާވި ކަމެއްގައި ރާއްޖޭގެ 20 ދީނީ އިލްމުވެރިޔަކު ރައީސް ޞާލިހުއާއި ބައްދަލު ކުރެއްވުމަށް އެދުމުން ވަގުތުން އެފުރުސަތު ފަހިކޮށްދެއްވިކަމަށެވެ.

 

ވަރަށް ގަދަ
43%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެ ފުރުޞަތު ދެއްވީ ކިހާވަރެއް ވެގެންތޯ. ރައީސް ދީނަށް ފުރައްސާރަކޮށް މަލާމާތް ނުކުރި ކަމުގައި ވިޔަސް އެމަނިކުފާނު މަޤާމުތަކަށް ޢައްޔަން ކޮށްަފައިވާ މީސްމީހުން ކުރާ ކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ ކާކަށްތޯ،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: