ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑަށް ވުރެ ބިރުވެރި ކަމެއް”

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑަށް ވުރެ ބިރުވެރި ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާޙުކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ޚާއްޞަ ޙަފުލާގައި ތަޤުރީރު ކުރައްވަމުންނެވެ.

އެކި ޤައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާއި އެ ޤައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމަށެވެ. މިގޮތުން, ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލައި ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ޙާލަތާ މެދު ވިސްނާއިރު, ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ޤައުމުތަަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމުގައެވެ. މި ގޮތުން, ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކޯވިޑް-19 ގެ ޙާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް, މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން, އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޯވިޑް-19 އަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ރައީސް ސިފަކުރެެއްވިއެވެ.

މީގެއިތުރުން ކޯވިޑް-19 ގެ ޙާލަތާއެކު މުހިންމު ދެ ފިލާވަޅެއް ލިބިގަންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ, ފުރަތަމަ ކަމަކީ ދުނިޔެއަށް ކުރިމަތިވާ މި ފަދަ އެކިއެކި ކާރިސާތަކަކީ ޤައުމުތަކުގެ ބޯޑަރުތަކަށް އިޙުތިރާމުކުރާ, ނުވަތަ ވަކި ޤައުމަކާމެދު ތަފާކުރާ ކާރިސާތަކެއް ނޫން ކަމުގައެވެ. އަދި, ދެވަނަ ފިލާވަޅެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ, ދުނިޔޭގެ ހުރިހާ ޤައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމެވެ.

އަދި, މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް, ކުރިއަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ މި ގޮތުގައި މަސައްކަތްކޮށްގެން ކަމުގައި އެ މަނިކުފާނުގެ ތަޤުރީރުގައި ހަނދުމަކޮށްދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: