ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ފަޅިފަޅި ކޮށްލުމަށް އެއްވެސް ބަޔަކަށް ޖާގަދީ ހިއްވަރުދީގެން ނުވާނެ: ޝަހީމް

ޑރ ޝަހީމް އަލި ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ފަޅިފަޅި ކޮށްލުމަށް އެއްވެސް ބަޔަކަށް ޖާގަދީ ހިއްވަރުދީގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ވަޙުދަތު ގެއްލޭ ޒާތުގެ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށާއި ރާއްޖޭގެ ބިމުގެ ވަޙުދަތާއި އިދާރީ އެއްބައިވަތަކަމާއެކު ރާއްޖެ ދެމި އޮތުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

“ރާއްޖެ ފަޅިފަޅި ކޮށްލުމަށް އެއްވެސް ބަޔަކަށް ޖާގަދީ ހިއްވަރުދީގެން ނުވާނެ.” ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވިއިރު، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ފަހަކަށް އައިސް އަންނަނީ  އެކި ފަހަރުމަތީން ސަރުކާރު ދިފާއުކޮށް މިސަރުކާރުން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރާއި، އިޚްތިޔާރު ދެއްވާފައިވާކަމަށް ވިދާޅުވަމުންނެވެ. އިޔާޒު ވިދާޅުވީ ބައެއް ހާލަތްތަކުގައި ދިމާވާ ކަންބޮޑުވުންތަކާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލް ތަފާތުވެ ކަންބޮޑުވުންވާނަމަ އެކަމަށް ހައްލު ގެނައުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: