ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގްސަދެއްގައި ވިޔަސް ގައުމީ ބިން ފޮތިފޮތި ވާފަދަ މަފްހޫމަކުން ވާހަކަ ދައްކައިގެން ނުވާނެ: މައުމޫން

ރައީސް ނަޝީދު، ރައީސް މައުމޫނާ އެކު—
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގްސަދެއްގައި ވިޔަސް ގައުމީ ބިން ފޮތިފޮތި ވާފަދަ މަފްހޫމަކުން ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވާދީވުގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފަސްގަނޑުގެ ވަހުދަތަކީ މި ޤައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެކަން ނެތި ދާގޮތަކަށް ވަކި މަޤުސަދެއްގައި ވާހަކަ ދެއްކުމަކީ އެއްވެސް ސިޔާސީ ބޭފުޅަކުވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމުގެ ނިޒާމަށް ބަދަލުވެގެން ދަނީ ބާރުތައް ރައްޔިތުންނަށް ލިބުމުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުނު ކަމަށް 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ވެރިކަން ކުރި ގޮތަށް ބަލާއިރު ދަންނަވަން ދަތި ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: