ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ބަލިތައް ރިޕޯޓްކުރާ މިންވަރު މިއަހަރު މަދު!

ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ބަލިތައް ޖެހިގެން ރިޕޯޓް ކުރާ މިންވަރު މިއަހަރު ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، އާންމުބަލިތައް ގޮތުގައި ފާހަގަކުރެވިފައިވާ އަރިދަފުސް ރޯގާ، ބޭރަށް ހިންގުމާއި ހޮޑުލުން އަދި ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު ހުސްވި އަހަރާއި އަޅާބަލާއިރު ވަނީ ދަށްވެފައެވެ. އެހެންނަމަވެސް، މިދުވަސްވަރު މަދިރީގެ ޒަރީއާއިން ބަލި ފެތުރޭ މިންވަރު މަދުވެފައިވީނަމަވެސް، ޑެންގީ އަދި ޗިކަންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވޭތުވެ ދިޔަ އަހަރު ތަކުގައި ޑެންގީ ހުން ޖެހިފައިވާ މިންވަރަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު މަދު ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އަދި 2019 ވަނަ އަހަރުގެ މިދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގޫހުން ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދުވެސް ވަރަށްބޮޑަށްދަށަށް ގޮސްފައިވާކަން އެޗްޕީއޭގެ ރިޕޯޓުތަކުން ދައްކައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓްކޮށްފައިވާ ޢަދަދު މަދު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއަހަރުގެ ފާއިތުވި 6 މަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު މިއަދަދު ކޮންމެވެސް ވަރަކަށް މައްޗަށް ގޮސްފައިކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ

މީގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު މަދު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ހުސްވި އަހަރުގެ ފާއިތުވި 6 މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮކްޓޫބަރު މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯރޓްކޮށްފައިވާ އަދަދު އިތުރު ވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: