ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މަގާމުން ވަކިކުރަން މަޖިލީހަށް

ޖޭއެސްސީގެ ބައްދަލުވުމެއްގެތެރެއިން. ފޮޓޯ:އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކޮމިޝަނުން ނިންމަވާފައިވަނީ މިމަހުގެ 19ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައިކަމަށެވެ.

ޖޭއެސްސީން ބެއްލި މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤުގެ މައްސަލަތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާ މައްސަލައަކާއި ޝަރީޢަތުގެ މަރުޙަލާގައި ފޯޖުކުރުމުގެ މައްސަލައަކާއި ތަހްޤީޤަށް އޮޅުވާލި މައްސަލައެއް ހިމެނެއެވެ.

މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ފޯޖުކުރުމުގެ މައްސަލަ ފުލުހުން ބަލަން ފަށުމާއެކު މިއަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހުންފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފައި ކަމަށްވެސް ޖޭއެސްސީން މިއަދު ނެރުއްވި ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: