ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލާގައި މަލީހް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާތީ އިންތި ސުވާލު އުފައްދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވުމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އޭނާ އަށް ރައްދު ދެއްވައިފިއެވެ.

މަލީހުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް މައްސަލައެއް އިއްޔެ ވަީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ 10 މެމްބަރުންގެ ސޮޔާއެކު ކަމަށްވާއިރު އެ މައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވީ މެމްބަރު މީކާއިލް އެވެ.

އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވަނީ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީހު ހައްދަވާފައި ނުވާކަމަށް ވިދާޅުވެއެވެ.

ނަމަވެސް މަލީހު ތުހުމަތު ކުރައްވާ ގޮތުގައި މިއީ ޓީވީ ޕްރޮގްރާމެއްގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ހުށަހެޅުއްވި މައްސަލައެކެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖެހުން ކަމަށެވެ. އަދި މިއީ ޑިމޮކްރެސީގެ އަސާސްތައް ފުނޑުފުނޑުކޮށްލުން ކަމަށާއި މިއީ ނުރައްކަލުގެ ރަނގަބީލެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

“މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނަން” މަލީހު ވިދާޅުވިއެވެ.

މަލީހުއަށް ރައްދު ދެއްވައި އިންތި ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުމުން ސްޕްރީމް ކޯޓަށްތޯ ވަޑައިގަންނަވަނީ ސުވާލު އުފައްދަވާފައެވެ.

“ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް ކިހިނެއްތޯ ވާނީ؟” އިންތި ވިދާޅުވިއެވެ.

މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅާފައިމިވަނީ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް ޓީވީ ޕްރޮގްރާމެއްގައި މަލީހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 88%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: