ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންޏާމީދޫއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެންވަދެއްޖެ

ހަންޏާމީދޫއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ގެތަކަށް ފެންވަދެފައި-- ފޮޓޯ: ކިޔުންތެރިއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ހަންޏާމީދޫއަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

ހަންޏާމީދޫއިން ވާހަކަދެއްކި މީހަކު ބުނީ މިއަދު އިރުއޮއްސި 6:30ގައި ވެހެން ފެށި ވާރޭ އަދިވެސް ނުހުއްޓާ ކަމަށާއި އެކަމުގެ ސަބަބުން މަގުމަތުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށެވެ.

ހަންޏާމީދޫއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ގެތަކަށް ފެންވަދެފައި– ފޮޓޯ: ކިޔުންތެރިއެއް

އޭނާ ބުނީ ފެން ވަތް ގެތަކުގެ ތެރެއިން ތިން ގެއަކަށް ވަރަށް ބޮޑަށް ފެން ވަދެފައިވާ ކަމަށާއި އެ ތިން ގޭގެ ސިޓިން ރޫމާ ހަމައަށް ފެންވަދެފައިވާ ކަމަށެވެ. އަދި އެ ގެތަކުގައި ހިފާ ގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އޭނާ މައުލޫމާތު ދެއެއެވެ.

ހަންޏާމީދޫއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ގެތަކަށް ފެންވަދެފައި– ފޮޓޯ: ކިޔުންތެރިއެއް

އޭނާ އިތުރަށް ބުނީ ހަންޏާމީދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ފެން ވަދެފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ހަންޏާމީދޫއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ގެތަކަށް ފެންވަދެފައި– ފޮޓޯ: ކިޔުންތެރިއެއް

މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެންމެ ވަނީ އއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 20:00 އިން ފެށިގެން މާދަމާ މެންދަމު 2:00 އާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގާތް ގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 90%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: