ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ހަމައެކަނި އަދަދުތަކެއް، ބަޖެޓެއް ނޫން: އާޒިމް

ފޮޓޯ:މަޖިލިސް .. އެމްޑީޕީ ޕީޖީ ލީޑަރު އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވި ބަޖެޓަކީ، ހަމައެކަނި ޢަދަދުތަކެއް ޖަހާފައި ފޮނުވި ބަޖެޓެއްކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސް މަރުހަލާގައި ވާހަކަ އާޒިމް ވަނީ ބަޖެޓު ފޮނުވުމަކީ ސިޓީއެއް ނުވަތަ ޢަދަދުތަކެއް ޖަހާލާފައި މަޖިލީހަށް ފޮނުވުންތޯ ނުވަތަ ތަފްސީލުތަކާއެކު ބަޖެޓް ފޮނުވުންތޯ ސުވާލު ކުރައްވާފައެވެ. އަދި ބަޖެޓުގެ ތަފްސީލް މެންބަރުންނަށް ލިބެންޖެހޭނެކަމަށާއި، ހުރިހާ މެންބަރުންނަކީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

“މަޖިލީހުގެ ގަވާއިދުގައި ވާގޮތުން އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރީ އޮފް ފިނޭންސް އިން ހުށައަޅަންވާނެކަމަށް. ވީއިރު ބަޖެޓް ފޮނުވުމަކީ ކޮބައިތޯ؟ ސިޓީއެއް ފޮނުވުންތޯ ޢަދަދު ޖަހާފަ 34 ބިލިއަން 37 ބިލިއަން ޖަހާފަ ފޮނުވުންތޯ؟ ނޫނީ އަޅުގަނޑުމެންނާ ހަމައަށް ތަފްސީލް ލިބުންތޯ؟.” އާޒިމް ސުވާލު ކުރެއްވިއެވެ.

އާޒިމް ވިދާޅުވީ ބަޖެޓަކީ ކޮބައިކަމާމެދު ވާހަކަދައްކާ ކަމާގުޅުންހުރި ދާއިރާތަކާއި ބަޖެޓާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް މަޖިލީހަށް އައިސް ވާހަކަދައްކަން މެންބަރުން ބޭނުންފުޅުވާއިރު ބަޖެޓުގައި ހިމަނާފައިވާކަންކަމަށް ތަފްސީލު ނެތްކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ބަޖެޓު އޮންނަންޖެހޭ ހަމައެކަނި ސަރުކާރުން ފޮނުވާގޮތަށް ނޫންކަމަށާއި ދިރާސާކޮށްފައި މައްސަލަތައް ފާހަގަކުރުމުން ކޮމިޓިގައި އެކަންކަމަށް ރިޔާއަތްކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެކަން މަޖިލީހުގެ ގަވާއިދުގައިވެސް ބަޔާންކޮށްފައިޥާއިރު، މެންބަރުން ބަހުސްކޮށް ނުނިމެނީސް މިހާރު ބަޖެޓު ދިރާސާކުރުން ކޮމިޓީން ނިމުމަކާ ހަމައަށް އިސްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: