ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފް ކޯސްޓްގާޑުން ތަމްރީނެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް ކޯސްޓްގާޑުން “ޓްރޭނިންގ ޑޭ” ނަމުގައި ތަމްރީނެއް ބާއްވައިފިއެވެ.

ހުޅުމާލޭ ކޯސްޓްގާޑުގެ ސަރަހައްދުގައި ކުރިއަށްދިޔަ މި ތަންރީނުގައި ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ލިބެންހުރި ވަސީލަތްތަކާއި އިކުއިޕްމަންޓްސްތައް ބޭނުންކޮށްގެން އެ ތޮޔެ ނަގާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައި ވެއެވެ.

މީގެ އިތުރުން ތެޔޮ ނެގުމަށްފަހު ބޭނުންކުރި އިކުއިޕްމަންޓްސްތައް ދޮވެ ސާފުކޮށް ސްޓޯރ ކުރާނެ ގޮތް ވެސް މި ތަމްރީނުގައި ކުރިއަށްގެންދެވިފައި ވެއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔައީ ތިއަރީ ކުލާސްތަކެވެ. އަދި މެންދުރުފަހު ދަންފަޅީގައި ކަނޑަށް ނޫނީ މޫދަށް ތެޔޮ އެޅުމުން، އެޕޮލިއުޝަން ނައްތާލާނެ ގޮތުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެއް ދުވަހަށް ކުރިއަށްގެންދިޔަ މި ތަމްރީނުގައި ކޯސްޓްގާޑުގެ ކޮމާންޑާންޓް ކާނަލް މުޙައްމަދު ސަލީމާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި އެޔުނިޓްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: