ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ދަންޖައްސަން ޖެހޭކަމަށް އިމްރާން ވިދާޅުވި: ސައީދު

ރައީސް ނަޝީދާއި ހޯމް މިނިސްޓަރ އިމްރާން ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިސްވެ ހުންނަވާ ކުރެއްވި މުޒާހަރާއެއްގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު ދަންޖައްސަން ޖެހޭކަމަށް ބުނެ އިމްރާން ދެއްކެވި ވާހަކަތައް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބްރައީސް މުހައްމަދު ސައީދު މަޖިލީހުގައި ތަކުރާރުކުރައްވައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރައްވަމުން ސައީދު ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް އެމްޑީޕީ މެމްބަރުން ވޯޓު ދެއްވަނީ އެމައްސަލައަކީ އިދިކޮޅުން ކޯލިޝަނުން ހުށައެޅި މައްސަލައަކަށް ވާތީ ކަމަށެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ހިނގާދިޔަ ކަންކަމަށް ބުނެ، ސައީދު ވިދާޅުވީ އެންމެ ފުރަތަމަ އެއްވެސް މެމްބަރަކު ވަކި ކޮޅަކަށް ނުޖެހުނު ކަމަށެވެ. އެހެންނަމަވެސް، މިމައްސަލައަކީ އިދިކޮޅުން ހުށައެޅި މައްސަލައެއްކަން ފާހަގަކުރުމާއެކު މިނިސްޓަރ އިމްރާންގެ ދިފާއުގައި އެމްޑީޕީއިން ނުކުންނެވީ ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން އެކިފަަރުމަތިން ރައީސް ނަޝީދާއި ބެހޭގޮތުން ދައްކަވާފައިވާ ވާހަކަތައް ތަކުރާރުކުރައްވަމުން ސައީދު ވަނީ ރައީސް ނަޝިދަކީ ކޮކަޑިކޭ މީދަލެއްކަމަށް އިމްރާން ވިދާޅުވެފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ. އަދި މަލާމާތުގެ ރާގަކަށް އެހެންނަމަވެސް، މިހާރު ތިއިންނެވީ ހާދަ މަތީ ގޮނޑިއެއްގައޭ ވިދާޅުވެ ވަނީ އެވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ދެއްކެވި ވާހަތަކަކާއި ގުޅިގެން ރައީސް ނަޝީދު ހިފައި ހައްޔަރުކުރުމަށް ގޮވާލައި ގާނޫނު އަސާސީގެ ކުރިމަތީގައި ރައީސް ނަޝީދު ކުޑަކަކޫ ޖައްސަވާނެކަމަށް އިމްރާން ވިދާޅުވިކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި އޭރު ބަގާވާތަކަށްވީ ކަންކަން މިއަދު އެހެން ކަންކަމަށް ބަދަލުވެފައިވާކަމަށްވެސް ސައީދުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ސައީދުގެ ވާހަކަ މިހާހިސާބށް ދިޔުމާއެކު، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ބަގާވާތަކީ އަދިވެސް ބަގާވާތްކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މިއީ ދީނީ ޖަމާއަތަކުން ކުރުވާ ކަމެއްކަމަށާއި މިއީ ސީދާ ސިޔާސީ ޕާޓީއަކުން ހުށައެޅި މައްސަލައެއްނަމަ އެކަމާއި ދޭތެރޭ ތަންކޮޅެއް ރަނގަޅަށް ވިސްނާލެވުނީސްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ކުރާ ތާއީދު ފޮެހުލުމުގެ ބޭނުމުގައިވެސް، ދައްކަންޖެހޭ ވާހަކަތަކާއި ނުދައްކަންޖެހޭ ވާހަކަތައް ހުންނާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއީ ޚުދު އެބޭފުޅާއަށާއި ޖުމްލަކޮށް މުޅި މަޖިލީހަށް އަމާޒުކޮށް ބުނާ ވާހަކައެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: