ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 110 ގެސްޓުހައުސްއެއް ހުޅުވުމުގެ ހުއްދަ ދީފި

ރިސޯޓް މުވައްޒަފަކު ގެސްޓުންނަށް ޚިދުމަތް ދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް 100 އަށް ވުރެ ގިނަ ގެސްޓުހައުސް ހުޅުވުމުގެ ހުއްދަ އަލުން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ.

އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދުގެ ނިޔަލަށް 110 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ހުޅުވި ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަދި ހުޅުވާފައެއް ނުވެއެވެ.

ނަމަވެސް އަންނަ މަހުގެ މެދުތެރޭގައި އެ ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދޫކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: