މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ބުޅިއެއް ހެރިފައިވަނީ މ.ކޮޅުފުށީ ދެކުނުން 11 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު “އަލިރާސްތާ 1” ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ކަމަށެވެ.
އެމީހާ އަކީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އޭނާގެ ލޮލަށް ބުރި ހެރުމާ ގުޅިގެން އަވަސް ފަރުވާ އަށް މ.އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑިއެފުން ހާމަކުރެއެވެ.