ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނާ ހިލާފުވި ދޯންޏެއްގެ 15 ފަޅުވެރިއަކު ހައްޔަރުކޮށްފި

ފޮޓޯ: ޓްވިޓަރ (ޒުވާން މަސްވެރިޔާާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީނާ ހިލާފުވި ދ.ކުޑަހުވަދޫ ދޯންޏެއްގެ 15 ފަޅުވެރިއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، “ދިރުން 2” ދޯނީގެ ހުރިހާ ފަޅުވެރިން ކަރަންޓީނުވާން އަންގާފައިވަނިކޮށް، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި އެރަށުން ފުރައިގެން ދިޔަ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދޯނީގެ 15 ފަޅުވެރިއަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 14 ދުވަސް ޖަހާފައިވާކަަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަންދަށް ވެސް 14 ތަޖަހަނި ހެޔޮނުވާނެ ވަކިބަޔަކައް އަދަބު ދިނުމުގެ ގޮތުން ކުރާކަމަކަށް 14 ދުވަހުގެ ކޮރަންޓައިން ނުހަދާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: