ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރަމުންދާ އަނިޔާތައް ތަހައްމަލު ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރުވީ ދުވަސް ފާއިތުވުމާ ގުޅިގެން އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ރައީސް ޔާމީން އިތުބާރު ކުރައްވާ ކަމަށާއި އެމަނިކުފާނަށް ކުރަމުންދާ އަނިޔާތައް ތަހައްމަލު ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ.
“އެމަނިކުފާނުގެ އަމާޒަކީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކުރުން. ރައީސް ޔާމީންގެ ހިތްވަރުން އުންމީދު އާލާވެ ކުރިއަށް ދާނެ މަގު ދަނީ ކޮށެމުން. އިންޝާﷲ.” އާދަމް ޝަރީފް ވިދާޅިވިއެވެ.
Rayyithunnah RY ithubaaru kuravvaa. Emanikufaanah kuramundhaa aniyaathah thahammalu kuravvanee rayyithunnattaa. Emanikufaanuge amaazakee qaanoonee imuge therein sarukaaru badhalu kurun. RY ge hiiyvarun umeedhu aalaave kuriyah dhaane magu dhanee koshemun. IA. pic.twitter.com/AYKUBgRWaG
— Adam Shareef Umar (@Adamshareefz) November 28, 2020
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1 އަހަރު ފާއިތުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުންވަނީ އިއްޔެ މުޅި ރާއްޖޭގައި އިހުތިޖާޖުކޮށް މުޒާހަރާ ބާއްވާފައެވެ. މާލެ ސަރަހައްދުގައި ގިނަ ބަޔަކާއެކު އިދިކޮޅު އިއްތިހާދުވަނީ ކަނޑު މައްޗަށް ނުކުމެ މުޒާހަރާކޮށް ރައީސް ޔާމީން މިނިވަންކުރަން ގޮވާލާފައެވެ.