ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށް ދަނީ ވަޒީފާގެ ބިރު ދައްކަމުން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

އިދިކޮޅުން މިހެން ބުނެފައިމިވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިޙްތިޖާޖުކުރި ނ.ލަންދޫ ސްކޫލްގެ ދެ މުވައްޒަފަކު ސަސްޕެންޑް ކުރި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ އިހުތިޖާޖުގައި ބައިވެރިވި ލަންދޫ ސްކޫލްގައި ވަޒީފާ އަދާކުރާ އިބްރާހީމް ޢަބްދުއްލަޠީފް އާއި ޚާލިދު ޢަބްދުލް ކަރީމް 30 ދުވަހަށް ސަސްޕެންޑް ކުރުން އިދިކޮޅުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ.

“އެދުވަހުގެ އިޙްތިޖާޖުގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިބި ފަރާތްތަކަށް އިންޒާރުދީ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށްވެސް މިކޯލިޝަނަށް މަޢުލޫމާތު ލިބެމުން އެބަދެއެވެ” އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ވަނީ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ހަނދުމަފުޅުކޮށް އަރުވާފައެވެ. އަދި ބިރުދެއްކުމާއި އިންޒާރަށް ފަސްނުޖެހި، ހައްޤު ގޮތުގައި ރައްޔިތުން އަޑުއުފުލަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖޭގައި ކުރިއަށް ދިޔަ އިޙްތިޖާޖަކީ ދުރާލާ އިޢުލާން ކުރެވިގެން “ރައީސް ޔާމީނަށް ކުރާ އަނިޔާއާއި ދެކޮޅަށް ރާއްޖެ” މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދިޔަ އިޙްތިޖާޖެއް ކަމަށާއި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ސޮއިކުރައްވާފައިވާ ލިޔުމުގައި އެދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިޔައީ “ރައީސުލްޖުމްހޫރިއްޔާ ދަންޖައްސާ މަރާލުމަށް” ކަމަށް އޮތުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށްވެސް ބުނެފައިވެއެވެ.

“އެއީ މި ކޯލިޝަން ބަދުނާމުކޮށް ޙަޤީޤަތް އޮޅުވާލުމަށް ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލެއްކަން ފާހަގަކުރަމެވެ. އަދި މިކަމާގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ” އެ ބަޔާނުގައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: