ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާސްތާ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެވަނަ މީހަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެވަނަ މީހަކު މަރުވެއްޖެއެވެ.

ތިނަދޫ “ރާސްތާ” ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ދެވަނަ އަށް މަރުވެފައި މިވަނީ ޢުމުރުން 33 އަހަރުގެ މީހެކެވެ.

އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 08:45 ހާއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.

މިހާދިސާގައި ފިހުނު މީހަކު މީގެ ކުރިންވެސް ނިޔާވެފައިވެއެވެ.

މި ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހުން ޙާލު ސީރިއަސްވެގެން މާލެ ގެނެސް ފަރުވާދެމުން އައިސްފައިވަނީ އައިޖީއެމްއެޗްގައެވެ.

ރާސްތާ ދޯނީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގޭސްލީކުވެފައި ވަނިކޮށް އުދުން ރޯކުރަން އުޅުމުންކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. މިޙާދިސާ ހިނގާފައިވަނީ އެދޯނި މަހަށް ފުރަން ތައްޔާރުވެފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: