ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޑްރަގް މައްސަލަތުގައި ހައްޔަރުކުރާ ބައެއް މީހުން ފަސޭހައިން މިނިވަންވުމުން ޑްރަގު ވަންނަ ދޮރުތައް ގިނަވޭ”

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް މައްސަލަތުގައި ހައްޔަރުކުރާ ބައެއް މީހުން ފަސޭހައިން މިނިވަންވުމުން ޑްރަގު ވަންނަ ދޮރުތައް ގިނަވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މާލޭގެ ފަރީދީ މަގުގުން 71 ކިލޯގެ މަސްތުވާތަކެއްޗާއިއެކު 10 މީހަކު ހައްޔަރުކުރުމާއި ގުޅިގެންނެވެ.

މިއަދުގެ އޮޕަރޭޝަނަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރަގުގެ ކުށުގައި ހިފޭ ބައެއް މީހުން ވަރަށް ފަސޭހައިން މިނިވަންވާ ކަމަށާއި އެއީ ޑީލު ހަދައިގެން ކަމަށެވެ. އަދި މިހެންވުމުން ޑްރަގު ވަންނަ ދޮރުތައް ގިނަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މުޖުތަމައު އާއި އާއިލާ ޑްރަގުގެ ވަބާއިން ސަލާމަތް ކުރެވޭނީ ހަރުކަށި ފިޔަވަޅު އެޅި، ގާނޫނު ތަންފީޒުކޮށްގެން” އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވިއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފައިވާ ފަސް މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ އަމުރުކޮށްފައެވެ.

މިމީހުންނާއި އެކު ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމް އެމްޑީއެމް އަދި 7 ގްރާމް ހެރޮއިން އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: