ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލަ ހާމަކުރީ ކޮރަޕްޝަން ބެލުމުގެ ހިތްވަރު ރައީސް ޔާމީނުގެ ހުރީމަ: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހާމަކުރީ ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަން ބެލުމުގެ ހިތްވަރު ރައީސް އަބްދުﷲ ޔާމީނުގެ ހުރީމަ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ސަރުކާރުން ހާމަކުރީ ވެރިކަން ފުރޮޅާލަން އުޅޭ ކަމަށް ޝައްކު ކުރެވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ކޮރަޕްޝަންގެ މައްސަލަ ރިޕޯޓްކުރުން އިތުރުވީ ރިޕޯޓްކުރެވޭނެ މަގު ފަހިވެގެނެއް ނޫން ކަމަށާއި ޒީރޯ ޓޮލަރެންސްގެ ދަށުން ވައްކަންކުރުމަށް ރައީސް ޞޯލިޙުގެ ސަރުކާރުންދޭ ޚާއްޞަ އިސްކަމެއްގެ ސަބަބުން ކަމަށެވެ.

ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެގޮތުން އެންމެފަހުން ފެންމަތިވި، އެންމެ ބޮޑު މައްސަލައަކީ، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށެވެ.

އެގޮތުން އެ މައްސަލަވެސް ފެންމަތިވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ޙަޤީޤަތުގައި، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް، އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި” ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: