ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާތިފްއަށް ކުރާ ދައުވާގެ އަޑުއެހުން އޭނާގެ އެދުމަށް މިއަދު ކެންސަލް!

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރުމަށްފަހު އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދުގެ 14:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައި ވަނީ އާތިފްގެ އެދުމަށެވެ.

އާތިފްގެ މައްޗަށް ކުރީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގެ ދައުވާއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތައް ދައުރުވަމުން ދިޔައިރު އެކަން އެނގިހުރެ ފިޔަވަޅު ނޭޅުމުގެ ތުހުމަތު އާތިފްގެ މައްޗަށް ކުރެވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު 23 ގައެވެ. އެއީ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑުއެހުމުގައި އާތިފް ވަނީ ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންދާކަމަށް ވިދާޅުވެފައެވެ.

މައްސަލައާއި ގުޅިގެން ދައުލަތާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދިޔަ ނަމަވެސް، އޭރު ހާމަކުރި ގޮތުން ވަކި ގޮތެއް ނިންމާފައި ނުވެއެވެ. އެހެންވެ ކޯޓުން ނިންމީ، ދައުލަތުން ވަކި ގޮތެއް ނާންގާ ހިނދެއްގައި ޝަރީއަތުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެފްއައިޔޫއަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު 27 ގައި ފޮނުވާފައިވާ އެސްޓީއާރު އެނެލައިޒް ކުރުމަށްފަހު، އެފްއައިޔޫއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު 31 ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކޮށްފައިވާ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ އެ ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެ ދިޔައިރު، އެ ކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބިފައިވާ ކަން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ރިޕޯޓުގައި ބުނެފައިވަނީ އެފްއައިޔޫއިން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާ ވާން ޖެހޭނީ އެ ޔުނިޓުގެ ވެރިޔާ އާތިފް ކަމަށެވެ.

މި މައްސަލައިގައި އޭސީސީގެ ތަހުގީގަށް އާތިފް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރު އައިޝަތު އަޒީމާ އަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައި ވެއެވެ.

އާތިފްގެ އެ ތުހުމަތު އަޒީމާ ވަނީ ދޮގު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: