ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލުގެ މައްސަލައަށް ހައްލެއް ހޯދައިދޭން ގޮވާލާ އާދަމް ޝަރީފްގެ ސިޓީއެއް ނަޝީދަށް

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން އެެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ޕައިލެޓު ކޯސް ހަދަމުންދާ ދަރިވަރުންގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

އާދަމް ޝަރީފް ފޮނުވި ސިޓީގައި ވަނީ އައްޑޫގައި ހިންގަމުންންދާ ފްލައިން ސްކޫލްގައި ދިވެހި ދަރިވަރުން ކިޔަވަމުންދާ ކޯސް ފުރިހަމަ ކުރުމަށް ތަފާތު މައްސަލަތައް ކުރިމަތިވަމުންދާކަން އެކިގޮތްގޮތުން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށާއި ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ކޯސްތައް، އެ މުއްދަތުގެތެރޭގައި ފުރިހަމަ ކުރެވޭ މިންވަރަށް ކިޔަވައިނުދިނުމާއި ތަމްރީނުތައް ފޯރުކޮށް ނުދެވުމާއި މަޤުބޫލު ސަބަބަކާނުލައި ދަރިވަރުން އެ ސްކޫލުން ވަކިކުރާކަން ހާމަކުރަަމުންދާކަމަށެވެ.

އަދި ފްލައިން ސްކޫލްގައި ހިންގާ ކޯސްތަކަކީ ނުހަނު އަގުބޮޑު ކޯސްތަކަކަށްވާއިރު، ޝެޑިއުލާ އެއްގޮތަށް ކޯހުގައި ކިޔަވައިނުދިނުމުގެ ސަބަބުން، ބައެއް ދަރިވަރުން 4 އަހަރު ދުވަސް ހޭދަކުރަންޖެހި، އެތައް ޚަރަދުތަކެއް ކުރަންޖެހިފައިވާކަން ފާހަގަ ކުރައްވައި، ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ގޮންޖެހުންތަކާއި މާލީ ދަތިތައް ކުރިމަތިވެ، އެ ދަރިވަރުންގެ ބެލެނިވެރިން އުފުލަންޖެހޭ ދަތިތައް އެހާމެ ގިނަކަމަށްވެސް މިސިޓީގައި ވެއެވެ. އަދި ފްލައިންގ ސްކޫލުން ކަންކަން ކުރަމުންދާގޮތުންނާއި އެ ސްކޫލްގެ ޙާލަތަށް ބަލާއިރު، ދަރިވަރުންނަށް އެ ސްކޫލްގައި ކޯސް ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދު ދަނީ ގެއްލެމުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވަނީ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި އެ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ގާތުން ބައްލަވައި، ދަރިވަރުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ނުގެއްލި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން މަސައްކަތްކޮށްދެއްވުމަށް މަޖިލިސްގެ ރައީސްއަށް ފޮނުވި ސިޓީގައި އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: