ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަނީ

އެމްޑީޕީގެ ފަރާތުުން ބޭއްވި ބޮޑު އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އެ ޕާޓީން އިއުލާންކޮށްފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިވަގުތު ހުންނެވީ އަނަސް އަބްދުއްސައްތާރެވެ. އަނަސްގެ ދައުރު މިހާރު ހަމަވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާނީ އަނަސް އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި އެ މަގާމުގެ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުމެވެ.

މި މަގާމުގެ މުސާރައަކީ ދެ ފަރާތުން އެއްބަސްވާ އަގެކެވެ.

މަގާމަށް ކުރިމަތިލާން ބޭނުންވާ އެމްޑީޕީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.

މަގާމަށް ކުރިމަތިލާ ފަރާތްތަކުން ސިޓީއާއި ވަނަވަރު ހުށަހަޅަން ޖެހެނީ އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓް އޮފީސް ހިންގާ ހ. ޝަރާޝާގެ ދެވަނަ ފަންގިފިލީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: