ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު ކުރުމެއް ނެތި ކެމްޕޭން ކުރުމުގެ ފުރުޞަތު އިދިކޮޅަށް ފަހިކޮށް ދިނުމަށް ޝަހީމް ގޮވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު ކުރުމެއް ނެތި ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފުރުޞަތު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ފަހިކޮށް ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޝަހީމް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅި ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމަށް ކޯލިޝަންގެ ލީޑަޝިޕަށް ފުރުސަތު ނުދޭ ކަމަށް އެފަރާތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ތަފާތު ކުރުމެއް ނެތި އިންތިޚާބުގެ ކެމްޕޭން ކުރުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ފަހިކޮށް ދެއްވުމަށް އެޗްޕީއޭ އަށް ގޮވާލާފައެވެ.

“އެޗްޕީއޭއަކީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ޕްރޮފެޝަނަލް ތަނަކަށް ވާންޖެހޭނެ.” ޝަހީމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމަށް ކޯލިޝަންގެ ލީޑަޝިޕުުން ރަށްތަކަށް ދަތުރުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް ޖަވާބެއް ނުލިބޭއިރު ގުޅުމުން ފޯނު ވެސް ނުނަގާ ކަމަށެވެ.

އަދި މިރޭ ފުވައްމުލަކު ސިޓީގައި އިދިކޮޅުން ބާއްވާ ޖަލްސާ އަށް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީން ލީޑަޝިޕްގެ ބޭފުޅުން އެ ރަށަށް ދަތުރުކުރުމުގެ ހުއްދައަކަށް ވެސް އެދިފައިވާ ކަމަށާއި ނަމަވެސް އެއަށް ވެސް ޖަވާބެއް އެޗްޕީއޭގެ ފަރާތުން ލިބިފައި ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: