ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ކުޅުދުއްފުށީގައި ހަވާ އަރުވަައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ކުޅުދުއްފުށީ ސިޓީގައި މިއަދު ހަވާ އަރުވަައިފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ރާއްޖޭގެ އުތުރުގެ ތިން ރަށްކަމަށްވާ ކުޅުދުއްފުއްޓާއި ހއ.ދިއްދޫ އަދި ހއ.އިހަވަންދޫގައި ބާއްވަން އެމްއެންޑީއެފުން ވަނީ ނިންމާފައެވެ.

އެގޮތުން މިއަދު ޝަރަފުގެ ހިނގާލުން ހދ. ކުޅުދުއްފުށީގައި ބޭއްވިއިރު މާދަމާ ހއ.ދިއްދޫގައި ޝަރަފުގެ ހިނގާލުން ބާއްވަން ވަނީ ހަމަޖައްސާފައެވެ. އަދި ހއ.އިހަވަންދޫގައި ޝަރަފުގެ ހިނގާލުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.

މި ރަށްރަށުގައި ބޭއްވޭ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ އެ ރަށްތަކުގެ ބޮޑެތި މަގުތަކުގައި އެދުވަސްތަކުގެ ހަވީރު 4:00 އިން 5:00 އާ ދެމެދުއެވެ. މި ރަށްރަށުގައި ޝަރަފުގެ ހިނގާލުން އޮންނަ ދުވަސްތަކުގެ ރޭގަނޑު، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާއެކު، ހަވާ އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: