ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޅޮހީ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަން ފަށަައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނ އަތޮޅު ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން އިން ބަލަން ފަށައިފިއެވެ.

އެ މައްސަލައަކީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ހަޟާނާތުގެ މައްސަލައެއްގައި ދައުވާ ކުރާ ފަރާތް އެކަނި ބޭނުންވާ ގޮތަކަށް މައްސަލަ ގެންދިޔަ ކަމަށް ބުނާ މައްސަލައެވެ.

މި ގޮތުން ދައުވާ ކުރި ފަރާތާ ކުއްޖާ ހަވާލު ކުރުމުގެ ވަގުތީ އަމުރެއް ނެރެ، އެ އަމުރު ހައި ކޯޓުން ބާތިލް ކުރުމުން ވެސް ކުއްޖާ ކުރިން ހުރި ހާލަތަށް ރުޖޫއަ ކުރުމެއް ނެތި ދައުވާ ކުރި ފަރާތުން ބޭނުންވި މަގްސަދު ހާސިލްވާ ގޮތަށް މައްސަލައިގެ ހާލަތު ދަމަހައްޓައި، މައްސަލަ ތާވަލު ނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމަށް ފަހު ދައުވާ ކުރާ ފަރާތަށް އެކަނި ޗިޓް ފޮނުވައި ދައުވާ ލިބޭ ފަރާތުގެ ބަހެއް ނެތި ދައުވާ ބާތިލް ކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެ ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: