ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޝިޔާމަށް ދައުވާކުރަން ފޮނުވުމަކީ ގައުމަށްޓަކައި ގުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއް”

ޑރ. މުޙައްމަދު ޖަމީލް އަހުމަދު:- ފޮޓޯ_ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް، އަޙްމަދު ޝިޔާމަށް ދައުވާކުރަން ފޮނުވުމަކީ ޤައުމީ ޚިދުމަތުގައި ޤުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޝިޔާމަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވަނީ ޝިޔާމަށް ދަޢުވާކުރަން ފޮނުވިއިރު ވެންޓިލޭޓަރ ފަދަ ބޮޑެތި ޚިޔާނާތްތަކަށްވީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ. އަދި މަޖިލިސް ރައީސްގެ މައްޗަށް އޭސީސީން ސާބިތުކުރި ކޮރަޕްޝަން މިއުޞޫލުން ބޭރުވީ ކިހިނެއްތޯ ވެސް ޖަމީލު ސުވާލު ކުރެއްވިއެވެ.

“މިއީ ޤައުމީ ޚިދުމަތުގައި ޤުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއް” ޖަމީލު ވިދާޅުވިއެވެ.

ޝިޔާމްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އޭސީސީން ތަޙްޤީޤުކޮށްފައިވާ، ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމުމަށްފަހުއެވެ.

އެގޮތުން، މި މައްސަލާގައި ޝިޔާމްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި އޭސީސީ އަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާ ކަމަށާއި އެގޮތުން، އެމް.އެން.ޑީ.އެފްގެ މަރުކަޒެއްކަމަށްވާ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގެ ޢިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުޞޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެއެވެ. އެހެންކަމުން، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުޞޫލުން ވީ.އައި.ޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އަދި ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދަޢުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަޞީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދަޢުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ ޢަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫން ކަމަށް އޭސީސީން ބުނެއެވެ.

“އެގޮތުން، އެ ޢަމަލަކީ ދަޢުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަޤާމު ބޭނުންކޮށްގެން ދަޢުލަތުން ޚަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ ޢަމަލެއްކަން ފާހަގަކުރެވޭ” އޭސީސީން ހާމަކުރެއެވެ.

އަދި އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިގު މުއްދަތަކަށް ޝިޔާމުގެ ބައްޕަ، ދިރިއުޅެފައިވާތީއާއި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިރިއުޅެފައިވާކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ޝިޔާމްގެ ބައްޕަ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ހުރެފައިވަނީ ޝިޔާމް އަންގައިގެންކަމާއި، ތަޙުޤީޤަށް ހޯދާފައިވާ ލިޔުންތަކުން ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ޤާނޫނެއް، ޤަވާއިދެއް ނުވަތަ އުޞޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިޞިއްޔަތެއް ނެތްކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ބުުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: