ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މަސްވެރިޔަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

އެމްއެންޑީއެފުން ބުނީ “ޒިކުރާ” ނަކަމަށް ކިޔާ އެ ދޯނީގައި ހުރި 40 އަހަރުގެ ދިވެއްސަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހިފައި ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ޒަހަމްވި މަސްވެރިޔާ ސިއްހީ އަވަސް ފަރުވާ އަށް ޅ. ނައިފަރަށް ގެންދިއުމަށް ކޯސްޓްގާޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 9:36 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގައި ޒަހަމްވި މީހާގެ ފައިގެ މައި ނާރަށް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: