ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީގައި ގެދޮރު ގެއްލުނު ގިނަ މީހުންނަށް ހައްލު ހޯދައިދިނީ ޔާމީން: ސަހީމް

ކުރީގެ ރައީސް ޔާމީން އަދި ޑރ ޝަހީމް ދެ ބޭފުޅުން ސަލާމް ކުރައްވަނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު ގިނަ މީހުންނަށް ހައްލު ހޯދައިދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ސުނާމީއަށް ދިހަ އަހަރުވީ އިރު ވަރަށް ގިނަ މީހުން ތިބީ ވަގުތީ ހިޔާތަކުގައި ކަމަށާއި ވެރިކަމަށް ވަޑައިގަތްތާ 6 މަސް ދުވަހުގެ ތެރޭގައި ވަގުތީ ހިޔާތަކުގައި ނިކަމެތިވެފަ ތިބި ފަރާތްތަކުގެ ގެތައް ނިންމައި ދާއިމީ ހިޔާވަހިކަން ހޯއްދަވާދެއްވީ ޔާމީން ކަމަށެވެ.

އަދި ޔާމީނަށް އިންޞާފު ލިބި ޖަލުން މިނިވަންވެ ދިވެހި ޤައުމަށް އަލުން ޚިދުމަތްކުރެއްވުމުގެ ތައުފީޤު ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ދިވެހިން ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި އާއި ގުޅިގެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: