ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްލިމުންނަށް ގޯނާ ނުކުރާ ޣައިރު މުސްލިމުންނަށް އަދުލުވެރިވެވޭނެ: މައުމޫން

އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްލިމުންނަށް ގޯނާ ނުކުރާ ޣައިރު މުސްލިމުންނަށް އަދުލުވެރިވުން މާތްﷲ ނަހީ ކުރައްވާފައި ނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތި ގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށް ހިތައި ޢަދުލުވެރިވުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއް ނޫން ކަމަށެވެ.

މައުމޫން މިހެން ވިދާޅުވެފައިވާއިރު ނަސާރާ ދީނުގެ މީހުންގެ ފާހަގަކުރަމުން އަންނަ ކްރިސްމަސްގެ ތަހުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މައްސަލަ ވަނީ ހޫނުވެފައެވެ.

އެގޮތުން ކްރިސްމަސްގެ ތަހުނިޔާ ފޮނުއްވައި ނަޝީދު ކުރެއްވި ޓްވީޓަށް ފާޑު ވިދާޅުވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވަނީ ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ޓްވީޓެއް ކުރައްވާފައެވެ. އެއާއެކު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ އިޔާޒަށް ފާޑު ވިދާޅުވެ ޓްވީޓުތައް ކުރައްވަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: