ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްއެއްގައި ހާއްސައެއްހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް!

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެސްޓްހައުސްއަކަށް ހާއްސައެއްހީއަށް ބޭނުންވާ މީހަކު ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މައްސަލައާއި ގުޅިގެން “ސަންގު” އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތު ކުރެވޭ 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގެ ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރޭގައި އިން އެ މީހާއާއި ބަޔަކު ސުވާލު ކުރާ އަޑުއިވެއެވެ. އަދި އޭނާ އެތަނަށް ގެންދިޔަ މީހާ އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގޭތޯ އަހައެވެ.

ވީޑިއޯއިން ފެންނަ ގޮތުން މައްސަލައިގެ ތުހުމަތުވާ މީހާ، ބޮޑާހާކައި އެކަމަށް އިންކާރު ކުރުމަށް މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް އެވަގުތު އެ ކޮޓަރީގެ ތެރޭގައި ފުލުހުން ވެސް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: