ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން އިޔާދަކުރަން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ނެތް: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ހާލަތުގައި ފަތުރުވެރިކަން އިޔާދަކުރަން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ނެތް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިދާޅުވި “އިކޮނޮމިކް ބޫމް” އައިސްފި ކަމަށް ބުނެ ދައުލަތު މީޑިއާ ޕީއެސްއެމްއިން ލިޔެފައިވާ ރިޕޯޓަކަށް ފާޑުވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ފަތުރުވެރިކަން އިޔާދަކުރަން ސަރުކާރުގެ ޕްރެކްޓިކަލް ސިޔާސަތެއް އަދި އެޅި ހަރުދަނާ ފިޔަވަޅެއް ވެސް ނެތް ކަމަށެވެ. އެގޮތުން ފަތުރުވެރިކަން އިޔާދަކޮށްދެނީ އެ ސިނާތުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންނަ ހަރުދަނާ ގުޅުމުގެ ސަބަބުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ޕީއެސްއެމް އިން ރައީސް ސޯލިހު އަށް މަލާމާތް ނުކުރައްވާ. ކީރިތި ކުރައްވަފާނެ.” ޝިޔާމް ވިދާޅުވިއެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ.

އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެ އަށް ދެ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ ޖެނުއަރީން މި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: