ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބަސްވުންތަކުގެ ފަހަތުގައި ވަނީ ހިޔާނާތުގައި ހިމެނޭ “ވަކި ނަންތަކެއް” ފޮރުވުން: އާދަމް ޝަރީފް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު --- ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔަނާތުގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ނަމުގައި ހަދާފައިވާ އެއްބަސްވުމުގެ ފަހަތުގައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބިލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ޝާމިލްވާ މީހުންގެ ނަންނަތައް ފޮރުވުމުގެ ޑީލްއެއްކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ހިޔާނާތުގެ ތަހުގީގުތައް ކުރިޔަށް ގެންގޮސް މިހާތަނަށް މައްސަލައިގައި ހުކުމް އިއްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ސަރުކާރުގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ދައުވާތަކެއް އުފުލާ ކްރިމިނަލް ކޯޓުގައި ވަނީ އަޑުއެހުންތައް ފަށާފައެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ހުންނެވި ކުރީގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުވާކޮށްދޭން އެދި ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމަކާއި ހަމަޔަށް ވަނީ އާދެވިފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ، ކްރިމިނަލް ކޯޓުގައި މައްސަލައިގެ އިބްތިދާއީ މަރުހަލާ ވަނީ ފަށާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިޔަށް ގެންދިޔަ ޝަރީއަތުގައި އެމަނިކުފާނާއި ދެކޮޅަށް ހެކި ބަސް ދެއްވި ބޭފުޅުންގެ ތެެރޭގައި އަދީބާއި ޒިޔަތު ހިމެނެއެވެ. އެކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށ އެއީ ދެ ފާސިގުން ކަމަށާއި، އެ މީހުންގެ ހެކި ބަސް ބަލައި ނުގަނެވޭނެ ކަމަށް ބުނެފައެވެ.

އަދީބާއި ޒިޔަތާއި އެކު ދައުލަތުން ވަނީ ހިޔާނާތުގެ މައްސަލައިގައި ކުށުގެ އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ދެ ބޭފުޅުނަށް ވެސް އައިސްފައިވަނީ ވަރަށް ކުޑަ ހުކުމެކެވެ. މައްސަލައިގައި އަދީބަށް20 އަހަރުގެ ހުކުމެއް އިއްވިއިރު، 781 މިލިއަން ރުފިޔާއަށް ހިޔާނާތްވެފައިވާކަމަށް އެއްބަސްވި ޒިޔަތުގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ހުކުމެކެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ކުންފުންޏާއި ދެކޮޅަށް ހެކިންގެ ގޮތުގައި ދައުލަތުން ވަނީ އަދީބާއި، ޒިޔަތުގެ ނަން ހުށަހަޅާފައެވެ.

ޕްލީ ބާގެއިން ނުވަތަ އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި ގުޅުވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި، ބަދަލު ހިފުމާއި ހަމަ އެކަނި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ޝަރީއަތް ހިންމަކީ ސަރުކާރުން ރާވައިގެން ހިންގާ ހަޑި، މުޑުދާރު އަމަލެއް ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މި ސަރުކާރުގެ އެތައް ބަޔަކު ހިމެނޭއިރު އެއިން އެއްވެސް މީހަކަށް ދައުވާ ކުރުމަށް ނުފޮނުވުމުން ސަރުކާރުގެ އެއްވެސް ހަމަހަމަކަމެއް ނެތްކަން ދޭހަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ނަމުގައި ދައުލަތާއި އެކު ބައެއް ބޭފުޅުން ހަދާފައިވާ އެއްބަސްވުމުގެ ފަހަތުގައި ވަނީ ހިޔާނާތުގައި ހިމެނޭ ނަންތަކެއް ފޮރުވުމުގެ “ޑީލް” އާއި ނުހައްގުން އަނިޔާ ދޭން ހެކި ހޯދުން ކަމަށެވެ.

2021 ވަނަ އަހަރާއި ކުރިމަތިލާ އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ އަހަރަކީ ނުހައްގުން ރައީސް ޔާމީނަށް އިއްވި ހުކުމަށް އިންސާފު ޙޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. އަދި ޕާޓީގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ މެމްބަރުން ބަލި ކުރުން ކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: