ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށަނީ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންގެ ތެރެއިން އެކަށީގެންވާ މިންވަރަކަށް މަސައްކަތްކޮށްފައިނުވާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ނިންމައިފިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އޭސީސީގެ މެމްބަރުން ވަކިވަކިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)އެވެ. މެމްބަރު ހަސަންޓޭ ހުށައެޅުއްވި ހުށައެޅުއްވުމަށް ތާއީދުކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ މެމްބަރުން ވަކިވަކިން ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުންގެ މަސައްކަތްތައް ހުރިގޮތަށް ބެލުމަށްފަހު ވަކިކުރުމަށް ހުށައަޅުއްވާ ކަމަށެވެ.

އޭސީސީގެ މެމްބަރުންގެ ތެރެއިން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ މެމްބަރުން ކޮމިޝަނުން ވަކިކުރުމަށް ފާސްކޮށްފައިވަނީ ކޮމެޓީގެ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ކޮމެޓީގެ ހުރިހާ މެމްބަރުންވެސް ވަނީ އޭސީސީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްކަން ފާހަގަކުރައްވައި އޭސީސީގެ މަސައްކަތްތައް އެދެވޭ ގޮތަކަށް ކުރިއަށްނުދާކަން ފާހަގަކުރައްވާފައެވެ.

މެމްބަރުން ވަކިވަކިން ކޮމެޓީއަށް ހާޒިރުކުރައްވަން ކޮމެޓީއަށް ހުށައަޅުއްވަމުން މެމްބަރު ހަސަންޓޭ ވަނީ އޭސީސީގެ މެމްބަރުކަމަށް އައްޔަންކުރެވުނުފަހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި ދައުލަތަށް ގެއްލިފައިވާ ފައިސާގެ މައްސަލަތަކުގެ ތެރެއިން ބަލާފައި ވަނީ ކިތައް މައްސަލަތޯ ބެލުމަށް މެމްބަރުންނާއި ސުވާލުކުރެއްވުމަށް ހުށައަޅާފައެވެ. އަދި މިވަގުތު އިންވެސްޓިގޭޝަންގައި އޮތީ ކޮން މައްސަލަތަކެއްތޯ ބެލުމަށް އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމެޓީއަށް ހާޒިރުކުރުމަށް މެމްބަރު ހުށައެޅުއްވިއެވެ.

އަނދުން ހުސެއިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ފައިސާގެ މައްސަލާގައި ދައުވާކުރުމަށް ފޮނުވުމަށް އެކި ފަހަރުމަތިން އެކި ތާރީހުތައް އޭސީސީއިން ހާމަކޮށްފައިވާއިރުވެސް، އެއިން އެއްވެސް ތާރީހެއްގައި ދައުވާކުރުމަށް އެދި ފޮނުވާފައެއް ނެތެވެ. އަދި ދާދިފަހުން ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން މިފަދަ މައްސަލަތަައް ބަލައި ނިންމުމަށް މަދުވެގެން އަށް މަސް ބޭނުންވާނެކަން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ފާހަގަކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް، އެހާ ދިގު މުއްދަތަކީ އާންމު ރައްޔިތުން ބަލައިގަންނާނެ މުއްދަތެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީއިންވެސް ގަބޫލުކުރާނެ މުއްދަތެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެކށީގެންވާ ވަސީލަތްތަކާއި ހިޔުމަން ރިސޯސް ނެތްކަން ކޮމިޝަނުން ފާހަގަކުރުމުން ކޮމިޝަނުން ބޭނުންވާ ގޮތަށް ސްޓްރަކްޗަރ ބަދަލުކުރުމަށް ބޭނުންވާ ކަންކަން ހުށައެޅުމަށް ކޮމިޝަނަށް ދަންނަވާފައިވާނެކަމަށް ކޮމެޓީ މެމްބަރުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ކަމެއް ހިއްސާކުރައްވާފައިނުވާ ކަމަށާއި ބަޖެޓު ފާސްކުރުމަށް ކުޑަދުވަސްކޮޅަކަށްވެފައިވާއިރުވެސް ކޮމިޝަނުން ބޭނުންވާ ކަންކަމުގެ މައުލޫމާތު އަދިވެސް ހިއްސާކޮށްފައިނުވާކަމަށް މެމްބަރުން ވިދާޅުވިއެވެ.

ކޮމެޓީއަށް ހާޒިރުކުރުމުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި ނިންމުމަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާނެކަމަށާއި އިތުރު މުވައްޒަފުންވެސް ބޭނުންވާނެކަމަށެވެ. އާންމު އުސޫލެއްގެ ގޮތުގައި ބަލާއިރު، އެމްއެމްޕީއާރްސީ ފަދަ ޚިޔާނާތުގެގެ މައްސަލަ ބަލައި ނިންމުމަށް އަށް މަސްދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިވަގުތު ހުރި ވަސީލަތްތަކާއި ބަޖެޓުން ސަރުކާރާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ސްޕީޑްގައި އެމަސައްކަތް ކުރިއަށްނުދާނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭސީސީގެ މަސައްކަތްތައް ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ގަބޫލުކުރާނަމަވެސް، އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ސްޕީޑް ލަސްކަމަށް ގަބޫލުކުރައްވާކަމަށްވެސް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: