ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓެއްގައި އަންހެން ކުއްޖަކު ރޭޕްކުރި އިންޑިއާ މީހާގެ ޚަބަރު ފުލުހުން ކަށަވަރު ކުރަނީ

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް. ފޮޓޯ: ޕޮލިސްލައިފްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓެއްގައި އިންޑިޔާ މީހަކު ދިވެހި އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގެ ހަގީގަތް ހޯދަން ފުލުހުން ފަށައިފިއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޖޭ.ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓްގައި، 19 އަހަރުގެ އަންހެން ކުއްޖާގެ ރޭޕްކުރި އެ ރިސޯޓްގެ އެފްއެންޑްބީ މެނޭޖަރު ކަމުގެ މަގާމުގައި ހުރި އިންޑިއާ ރައްޔިތަކު ޖެހިގެން އައި ދުވަހު ވަނީ ރާއްޖެއިން ފުރުވާލާފައެވެ.

މިކަމާ ގުޅިގެން އޭރު ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ވަނީ އެފަދަ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ އަޑު ފެތުރިފައިވާ ވާހަކަތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“ބައެއް މީޑިއާ ގައި އެފަދަ ކަމެއް ރިޕޯޓް ކޮށްފައިވާތީ އެ މައުލޫމާތުގެ ސައްކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ގެންދޭ” ކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: