ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންޗު އެކްސިޑެންޓްގައި އަނިޔާވި މީހަކު އައިސީޔޫގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ކަނޑުމަތީގައި ސީ އެމްބިއުލާންސަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ރޭގެ ދަންވަރުގެ ހިނގި އެކްސިޑެންޓް އައީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބުއުލާންސް ލޯންޗަކާއި މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް ޖެހިގެނެވެ. މާލެއިން ދަތުރު ކުރި ލޯންޗަކީ މާލެ އާއި ފ. ފީއައްޔާ ދެމެދު ދަތުރުކުރާ “ޑްރީމް” ލޯންޗެވެ. އެ އެކްސިޑެންޓް ހިނގައިފައި ވަނީ އިތާފުށި ރިސޯޓް ކައިރިންނެވެ.
އައިޖީއެމްއެޗުން ބުނީ ރޭގެ ކަނޑުމަތީ އެކްސިޑެންޓުގައި އަނިޔާވެގެން ތިން މީހަކު އެ ހޮސްޕިޓަކަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއި ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދެމުން ދަނީ އުމުރުން 43 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އަނެއް ދެމީހުންނަށް ފަރުވާ ދެމުން އަންނަނީ އެމެޖަންސީ ބަގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައިސީޔޫގައި ފަރުވާ ދެމުން ދަނީ އެކްސިޑެންޓްވި ލޯންޗްގެ ކެޕްޓަނަށެވެ.

މި ޙާދިސާ ހިނގީ ރޭ 1:25 ހާއިރު ކަމަށްވާއިރު، މި ހާދިސާގައި ދެ ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: