ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި ބައެއް ގާނޫނުތައް އުވާލަން ޖެހޭ: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި ބައެއް ގާނޫނުތައް އުވާލަން ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ގޮވާލައްވައިފިއެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލު އިންތިޚާބާ ބެހޭ ޚާއްޞަ ޤާނޫނާއި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތަކުގެ ހިންގުން ކަށަވަރުކުރުމުގެ ޤާނޫނަކީ ޤާނޫނު އަސާސީއާ ޚިލާފު ދެ ޤާނޫނު ކަމަށާއި އެފަދަ ގާނޫނުތައް އުވާލުމަށް މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ގޮވާލާ ކަމަށެވެ.

އޭގެ އިތުރަށް އޭނާ ވިދާޅުވީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ތަންފީޒުކުރުމުގެ ފުރުޞަތުދީ އެ ޙައްޤުތައް ނަގަހައްޓަންޖެހޭ ކަމުގައެވެ. ޚާއްޞަކޮށް ވޯޓުލުމުގެ ޙައްޤާއި އިތުރު ދުސްތޫރީ ޙައްޤުތައް ކަށަވަރުކޮށްދޭންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޖަލުގައި ޣައިރު ޤާނޫނީ ގޮތެއްގައި ބަންދުކޮށްފައި ހުންނަވާތާ މިހާރު 400 އަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި އެމަނިކުފާނުގެ ޕާޓީ އޮތީ ރަހީނުކޮށްފައި ކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވެފައިމިވަނީ ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ލޯކަލް ކައުންސިލް އިންތިޚާބު މާޗު މަހުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: