ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހުން ފެށިގެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމަށް މަޝްވަރާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުން ފެށިގެން ރައީސް އޮފީހުން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމަށް މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުކަމަށް މިފަހުން އައްޔަން ކުރި މަބްރޫކް އަޒީޒް މިއަދު ވަނީ މީޑިއާ އަދި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ އެ ބައްދަލުވުމުގައި އަންނަ މަހުން ފެށިގެން ގަވާއިދުން ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމާއި ރައީސް އޮފީހުގެ ފަރާތުން ނޫސްވެރިން ބޭނުންވާނެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި މީޑިއާތަކުން ރައީސް އޮފީހަށް ހާއްސަކުރާ ނޫސްވެރިންގެ ޓީމް އުފެއްދުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: