ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ގާޒީއެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ގާޟީއެއްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ ސިވިލް ކޯޓުގައި ކުރިއަށް ދިޔަ ތަންފީޛު ޤަޟިއްޔާއެއްގައި ހިމެނޭ މަޞްމަކާ އެޤަޟިއްޔާއާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން މުޢާމަލާތުކޮށް، ޙުކުމް ތަންފީޛް މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް އެ ކޯޓުގެ ޤާޟީ މަރްޔަމް ވަޙީދު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ އަކާއި، ކްރިިމިނަލް ކޯޓުގެ ޤާޟީއެއްގެ މައްސަލައެއްވެ.

ކްރިިމިނަލް ކޯޓުގެ ޤާޟީ މުޙައްމަދު ސަމީރާއި ގުޅޭގޮތުން ބަލަމުންދަނީ އެކޯޓުގެ ޝަރީޢަތުގެ އަޑުއެހުމެއްގައި، ޤާނޫނީ ގޮތުން ދައްކަން ބޭނުންވާ ވާހަކަ ދެއްކުމުގެ އެކަށީގެންވާ ފުރުޞަތު ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންނަށް ނުލިބޭފަދަ ގޮތަކަށް ޢަމަލުކުރައްވައި، ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދިއުމުގައި އެކަށީގެންނުވާގޮތަށް އެ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ސަމީރު ޢަމަލުތައް ބެހެއްޓިކަމަށް ބުނާ މައްސަލައެވެ.

މީގެ އިތުރުން މި ޤަޟިއްޔާގެ އެހެން އަޑުއެހުމެއްގައި ދަޢުވާލިބޭ ފަރާތުގެ ޤަނޫނީ ވަކީލުން، މި ކުށްވެރިކުރާފަދަ ގޮތަކަށް ވާހަކަދައްކައި އަދި އެ ވަކީލުންނާ މެދު ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ މުޙައްމަދު ސަމީރު ޢަމަލުކޮށްފައިވާކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން ވަނީ ބަލަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: