ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ރައީސްއާ ބައްދަލުވެފައިވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ކައުންސިލުން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވާކަމަށާއި، ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި މީހުންނަށް ބަލި ޖެހުމުގެ ރިސްކު ކުޑަކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ އެމްއެމްސީން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައިވާ މީހަކު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވެފައިވާކަން އެނގިފައިވަނީ އެބައްދަލުވުން ނިމުނުފަހުންކަމަށެވެ.

ނަމަވެސް އެ ބައްދަލުވުން ކުރިއަށްދިޔައީ އެޗްޕީއޭ މިންގަނޑާ އެއްގޮތަށް ގައިދުރުކަމާއި އެނޫންވެސް އެންމެހައި ފިޔަވަޅުތަކެއް އަޅައިގެންކަމަށް، އެސެންޓަރުން ބެލިބެލުމުން ފާހަގަކުރެވިފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ ކޮންޓެއްގެ ކޮންޓެކްޓުންގެ ގޮތުގައިވެސް ނުބެލެވޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
5%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 71%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 2%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: