ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ނިކަރާގުއާ އާއެކު އިތުރަށް ގުޅުން ބަދަހި ކުރަނީ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިކަރާގުއާ އާއެކު އިތުރަށް ގުޅުން ބަދަހި ކުރުމާއި ގުޅޭ މަޝްވަރާތައް ކޮށްފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ވަނީ ނިކަރާގުއާގެ ފޮރިން މިނިސްޓަރ ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއެކު ފޯނުން ގުޅުއްވައި މަޝްވަރާކުރާތަކެއް ކުރައްވާފައެވެ.

މި މަޝްވަރާތަކުގައި ފޯން ކޯލްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ، ތިމާވެށީގެ ދާއިރާފަދަ ދާއިރާތަކުގައި ބައިނަލްއަގްވާމީ މަސްރަހުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށްް ފޮރިން މިނިސްޓްރީއިން ވިދާޅުވިއެވެ.

އަދި  ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންނާއި، އިގްތިސާދީ އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތާ ބެހޭ މައުލޫމާތު، ނިކަރާގުއާގެ ފޮރިން މިނިސްޓަރަށް، މިނިސްޓަރ ޝާހިދު އެރުވިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: