ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިިކްޓޮކް އެކައުންޓާއެކު މަޖިލީހުގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިވާނެ: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް އެކައުންޓާއެކު މަޖިލީހުގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މަޖިލީހުގެ ޓިކްޓޮކް އެކައުންޓާއެކު މަޖިލީހުގެ އޯޑިއަންސް ކުރިއަށްވުރެ އިތުރުވެގެންދާނެ ކަމަށާއި ޚާއްސަކޮށް ޒުވާނުން މަޖިލީހުގެ މަސައްކަތްތަކަށް މިހާރަށްވުރެ އަހުލުވެރިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ޓިކްޓޮކް އެކައުންޓް ހުޅުވުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވެގެންދިޔަ ކަމުގައިވިޔަސް މިއެކައުންޓްވެސް ބޭނުންކުރަމުންދާނީ އެހެން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކެކޭ އެއްފަދައިން ރަސްމީ މައުލޫމާތުތައް ހާމަކުރުމަށްކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ. މިއާއެކު މަޖިލިސް ވެގެންދާނީ ރާއްޖޭގެ ރަސްމީ އިދާރާއަކުން ޓިކްޓޮކް ބޭނުންކުރާނެ ފުރަތަމަ ފަހަރަށެވެ.

އެކައުންޓު ހުޅުވުމާއެކު ފުރަތަމަ ވީޑިޔޯވެސް ވަނީ ހިއްސާކޮށްފައެވެ. އެވީޑިޔޯގައި ހިއްސާކޮށްފައިވަނީ އަންނަ ފެންބަރުއަރީ މަހުގެ 4 ވަނަ ދުވަހު މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނެކަމެވެ. އަދި އެދުވަހަކީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވާނެ ދުވަސްކަންވެސް ވަނީ ހާމަކޮށްފައެވެ.

 

ޓިކްޓޮކަކީ މިވަގުތު ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް އެންމެ މަޝްހޫރު އެއް އެޕްލިކޭޝަނެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި ޓިކްޓޮކްގެ މަގްބޫލުކަން އިތުރުވަމުންދާއިރު، މަޖިލީހުގެ ޓިކްޓޮކް އެކައުންޓާއެކު މަޖިލީހުގެ މަސައްކަތްތަކަށް މިހާރަށްވުރެ ބޮޑަށް ދިވެހި ޒުވާނުން އަހުލުވެރިވެގެންދާނެ ކަމަށް މަޖިލީހުގެ ރައީސާއި މަޖިލީހުގެ އިދާރާއިން ދެކެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: