ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ލައިބްރަރީ އަދި ޑިޖިޓަލް އަރުޝީފް ހުޅުވަނީ

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރު ހުޅުވާ ދުވަހު އެ އިދާރާގެ ލައިބްރަރީއާއި ޑިޖިޓަލް އަރުޝީފުހުޅުވުން އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

މަޖިލީހުގެ ޓިކްޓޮކް އެކައުންޓް މެދުވެރިކޮށް ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ކުރީގެ މަޖިލިސްތަކުގެ ޖަލްސާތަކުގެ ޔައުމިއްޔާތަކާއި ގާނޫނުތަކާއި މަޖިލީސް ހިންގަމުން އައި ގޮތާ ގުޅޭ ގޮތުން ހުރި އެކި ދުވަސްވީ ލިޔުންތައް އެބަހުރި ކަމަށެވެ.

އަދި އެ ލިޔުންތައް ޑިޖިޓަލައިޒްކޮށް އެކުލަވާލާފައިވާ މަޖިލީހުގެ ޑިޖިޓަލް އަރުޝީފްއާއި އެ ލިޔުންތައް ޕްރިންޓްކޮށް އުފައްދާފައިވާ ފޮތްތައް ހިމެނޭ މަޖިލީހުގެ ލައިބްރަރީ ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި ހިމެނޭ މިފަދަ ލިޔުންތަކުގެ މައުލޫމާތު އެ އިދާރާގެ ވެބްސައިޓްގައި ވެސް ވަނީ ޝާއިއުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: