ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު އިހުތިޖާޖުގެ ތެރެއިން ޝިޔާމް ހައްޔަރުކޮށްފި

ޕާޠޯގެ އޮފީސް ކުރިމަތީ އިދިކޮޅުން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: މުހައްމަދު މާހީ.--- ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިރޭ މާލޭގައި ބާއްވަމުންދާ އިހުތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކުރަމުން އަންނަ މި އިހުތިޖާޖުގެ ތެރެއިން ޝިޔާމް ހައްޔަރުކޮށްފައިވާއިރު، މިއަދު މެންދުރު އިދިކޮޅުން ބޭއްވި އެއްވުމެއްގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅުން ދާދިފަހުން ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން ވެސް އަދުރޭ އާއި ޝުޖާއު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި ދުވަހުގެރޭ ކޯޓަށް ނުގެން ގޮސް އެ ދެ ބޭފުޅުން ވެސް ވަނީ ދޫކޮށްލާފައެވެ.

އިދިކޮޅުގެ ހަރަކާތްތައް އިތުރު ކުރަމުންދާއިރު އަންނަ ހުކުރު ދުވަހު “އިންސާފު ކޮބާ؟” ގެ ނަމުގައި މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: