ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ އާއި ސުޖާ ދޫނިދޫއަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން ހެލްތު މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށް، ހައްޔަރުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫނިދޫއަށް ގެންގޮސްފިއެވެ.

އަދުރޭ އާއި ޝުޖާއު މިއަދު ހައްޔަރުކޮށްފައި ވަނީ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ މީހުން ހައްޔަރުކޮށް ފުރަތަމަ ގެންގޮސްފައި ވަނީ މާލޭގައި ހުންނަ ފުލުހުންގެ ޖަލަށެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ އަދުރޭ އާއި ޝުޖާ މިހާރު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އިދިކޮޅުން ދާދިފަހުން ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން ވެސް މި ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި ދުވަހުގެރޭ ކޯޓަށް ނުގެން ގޮސް އެ ދެ ބޭފުޅުން ވެސް ވަނީ ދޫކޮށްލާފައެވެ.

އިދިކޮޅުގެ ހަރަކާތްތައް އިތުރު ކުރަމުންދާއިރު އަންނަ ހުކުރު ދުވަހު “އިންސާފު ކޮބާ؟” ގެ ނަމުގައި މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ވެސް އަންނަނ ތައްޔާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 70%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: