ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ގޯސް: ހައި ކޯޓު

ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދައިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދެ އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއްކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި އޭރު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ހަމަކުރުމުގެ ގޮތުން ރިޝްވަތު ދީފައިވާ ކަމަށް ބުނެއެވެ.

އެ ތުހުމަތުގައި ގިނަ މަސްތަކެއް ވަން ދެން ފާރިސް ބަންދުގައި ހަ މަސް ދުވަހު ބެހެއްޓުމަށްފަހު، ދޫކޮށްލިއެވެ. އޭގެ ފަހުން އަނެއްކާވެސް ފާރިސް ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ އެކެއްގެ އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު (އެސްއޯސީ) އިއުލާނުކޮށް އޭގެ ދަށުންނެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އުވާލުމުގެ ދެ ދުވަސް ކުރިން، ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ.

މި މައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފީ 11 ނުކުތާއެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފާރިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ހައްޔަރު ކުރުމުގެ އަމުރު ނެރުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކާ ޚިލާފަށް އަމުރެއް ނެރެފައިވާކަން ފާހަގަކުރުމުން އެކަން ސާފުކުރުމަށް ޝަރީޢަތް މެޑުކަނޑާލުމަށް ފަހު އަލުން ޝަރީޢަތުގެ މަޖިލިސް ފަށައި، އެ ނިންމުން ރަނގަޅުކަމަށް ނިންމި މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި އޭގެފަހުން ބަންދާމެދު ގޮތެއް ނިންމުމަށް އެއްވެސް ލިޔުމެއް ގެންދިއުމެއްނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ފަނޑިޔާރު ދިއުމަށްފަހު އޭގެ ވަގުތުކޮޅެއް ފަހުން އަލުން ޝަރީއަތުގެ މަޖިލިސް ފަށައި ބަންދުގައި ބަހެއްޓުމަށް އަމުރުކުރިކަން ފާރިސްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރަށް ނިންމޭނެ ކަންކަން ނިންމުމުގައި ތަކުރާރުކޮށް 3 ފަހަރުމަތީން ޝަރީއަތުގެ މަޖިލީސް ދޫކޮށް ދިއުމަށްފަހު ފަނޑިޔާރު އަލުން ޝަރީއަތް ހިންގާފައި ވާގޮތުން
އަދުލު ވެރި ޝަރީއަތުގެ ސިފަ ގެއްލި އިންސާފުވެރިކޮށް އަމަލުކުރެވިފައި ނުވާކަން ފާހަގަކުރާކަމަށް ފާރިސް ބުނެފައި ވެއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރުމަށް ނެރުނު އަމުރަކީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ނެރެފައިވާ އަމުރެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ހާމަކަމާއެކު ޝަރީއަތް ކުރުމަކީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގައި ހިމެނޭ އަސާސީ ކަމެއްގެ ކަމަށެވެ. އަދި އާންމު އުސޫލަކުން، ކޯޓުގައި ހިނގާ ޝަރީއަތްތައް، ހުޅުވާލައިގެން ކުރިއަށް ގެންދިޔުމާއެކު ޝަރީޢަތުގެ ހުކުމްތައްވެސް އާންމުންނަށް ލިބޭނެގޮތް ހަދައި ގާނޫނު ގެ ހުކޫމަތު ދަމަހައްޓަންޖެހޭކަން ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ހުކުމުގައި ބުނެފައިވަނީ ފާރިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ސިއްރު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ފާރިސްގެ ބަންދު މަޖިލީސް ސިއްރުކޮށްދޭން އެދި ދައުލަތުގެ ފަރާތުން ސިޓީއަކުން ކްރިމިނަލް ކޯޓުގައި އެދުމުންކަމަށެވެ. އެހެން ނަމަވެސް، ދައުލަތުން އަޑުއެހުން ސިއްރުކުރުމަށް އެދި ހުށަހެޅި، ހުށަހެޅުމެއް މައްސަލައިގެ ފައިލުން ފެންނަން ނެތްކަމަށް ހުކުމުގައި ބުންޏެވެ.

ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި، މީހަކު ހައްޔަރުކޮށްފިނަމަ، ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަން ގާނޫނުގައި ވެއެވެ. އެހެން ނަމަވެސް ފާރިސް ދިރިއުޅެމުން ދިޔަ މ. ސްނޯރޯސްއިން ހައްޔަރު ކުރުމަށް ފަހު ގެންދިޔައީ ދޫނިދޫ ޖަލަށެވެ. އަދި ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ އެ ނުކުރާއަށް ދައުލަތުން އިންކާރުކޮށްފައި ނުވެއެވެ. އެހެން ކަމުން މީހަކު ހައްޔަރު ކުރުމަށްފަހު، ގާނޫނުގައި ކަނޑައަޅާފައިވާގޮތާއި ހިލާފަށް އަމަލު ކުރިކަން ބެލެވޭނެ ޖާގައެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް ބެއްލެވި މި މައްސަލާގައި ދަށު ކޯޓްގެ އަމުރު ބާތިލު ކަމަަށް ނިންމި ވަރަށް ގިނަ ސަބަބުތައް ބަޔާންކޮށްފައިވެއެވެ.

ފެބްރުއަރީ އެކެއްގެ އަމުރާއި އެކު ފާރިސްއަށް ބޮޑެތި ތުހުމަތުތަކެއް ކުރިއެވެ. އަދި އެ މައްސަލައާއި އެކު ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލު ބަންދުގައި ބެހެއްޓިއެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަ ނެތި ބޭނުން ކުރި ކަމަށް ބުނެ، ޝަހުސު އޮޅުވާލުމުގެ ކޫށުގައި ފާރިސްއަށް ހަތަރު މަހުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް އެ ހުކުމް ވެސް ވަނީ ފަހުން ބާތިލުކޮށްފައެވެ. އަދި ފާރިސް އާއި އެކު ހައްޔަރު ކުރި ގިނަ ބޭފުޅުން މިނިވަންވެފައި ވަނީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: