މާލޭގެ ގެސްޓްހައުސްއަކަށް އަންހެނަކާ ބައްދަލުކުރަން ދިޔަ މީހަކު ބަރަހަނާކޮށް، ބިރު ދެއްކުމަށް ފަހު ފޭރިގެންފިިިިިިއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ޖަވާހިރު ގޯޅީގައި ހުރި ގެސްޓް ހައުސްއަކަށް އަންހެނަކާ ބައްދަލުކުރުމަށް ދިޔަ މީހެއްގެ ފޯނާއި ވޮލެޓްގައި ހުރި ފައިސާތަކެއް، އެ އަންހެން މީހާއާއި އިތުރު ދެ މީހަކުވެގެން ފޭރިގަތުމަށްފަހު އެމީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގާފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން ފުލުހުން ވިދާޅުވީ، އެތަކެތި ބޭނުންކޮށްގެން އިތުރަށް ފައިސާ ހޯދުމަށް ބިރުދައްކައި ބްލެކް މެއިލްކޮށް އޭނާގެ އެކައުންޓުން ފައިސާ ޓްރާންފަރވެސް ކުރުވާފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.